ރަށްވެހި ފަތިސް ހަފްލާ އެޗްޕީއޭ މިންގަނޑާ ހިލާފު، ފިޔަވަޅު އަޅަންޖެހޭނީ ފުލުހުންކަމަށް އެޗްޕީއޭއިން ބުނެފި

27 Feb 2021 | 16:00

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ލޯކަލް ކައުންސިލް އިންތިހާބުގެ ވެރިކަން ކުރާ އެމްޑީޕީގެ ކެންޕެއިން "ރަށްވެހި ފަތިސް" ކެންޕެއިން ރީލޯންޗްކުރަން ރޭ ޕީއެސްއެމްގައި ބޭއްވި ހަފްލާ ހެލްތް ޕޮރޮޓެކްޝަން އެޖެންސީން ކޮވިޑާއި ގުޅިގެން ކަނޑައަޅާފައިވާ މިންގަޑާއި ހިލާފުވެފައިވާ މައްސަލާގައި ފިޔަވަޅު އަޅާނީ ފުލުހުން ކަމުގައި އެ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް އެޗްޕީއޭގެ މިންގަނޑާއި ހިލާފުވެފައިވާ މައްސަލާގައި އެޗްޕީއޭގެ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެއްވި ގޮތުގައި އެޗްޕީއޭއިން އެއްވެސް ފަރާތަކަށް 10 މީހުނަށް ވުރެން ގިނައިން މީހުން އެއްވެ، ހަފްލާ ބޭއްވުމަށް ހުއްދަ ނުދޭނެކަމަށާއި، އެފަދައިން ކަންތައް ކުރަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނީ ފުލުހުން ކަމުގައި ވިދާޅުވިއެވެ.

އެޗްޕީއޭއިން ދިހަ މީހުންނަށްވުރެން ގިނައިން މީހުން އެއްނުވެވޭ ގޮތައް ނިންމާފައިވަނީ އިދިކޮޅުން ފްލެޓް ހައްޤު ހޯދުމަށް ކުރަމުން އަންނަ މުޒާހަރާތަކާއި ގުޅިގެންކަން ފާހަގަކޮށްލަންޖެހެއެވެ. އަދި މިހާތަނަށް އާންމު ފަރާތްތަކުން ބާއްވާފައިވާ ކައިވެނި ހަފްލާތައްވެސް ފުލުހުން މި މިންގަނޑުގެ ދަށުން ހުއްޓުވައި 5000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ އިރު ވެރިކަން ކުރާ ޕާޓީން އެޗްޕީއޭގެ މިންގަނޑާއި ހިލާފުވާ މައްސަލަތަކަށް ފުލުހުން ފިޔަވަޅު އާޅާފައިނުވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންންނެވެ.

ރަށްވެހި ފަތިސް އެޗްޕީއޭގެ މިންގަނޑާއި ހިލާފުވެފައިވީނަމަވެސް، މިއަދު ފްލެޓް މައްސަލާގައި އިދިކޮޅުން ކުރާ މުޒާހަރާ އެޗްޕީއޭގެ މިންގަނޑާއެއްގޮތައް ނުކޮށްފިނަމަ ޤާނޫނީ ފިޔަވަޅު އާޅާނެކަމަށް ބުނެ ފުލުހުން ވަނީ އިންޒާރު ދީފައެވެ. އަދި ހޯމް މިނިސްޓްރީންވެސް ވަނީ މި މުޒާހަރާއާއި ގުޅިގެން އިންޒާރުގެ ބަޔާނެއް ނެރެފައެވެ.

އެޗްޕީއޭގެ މިންގަނޑުތަކުން އާންމު ރައްޔިތުމީހާއާއި އިދިކޮޅުގެ ހަރަކާތްތަކަށް ހިންގާ އިރު ސަރުކާރުގެ އެއްވެސް ކަމަކަށް އެޗްޕީއޭގެ މިންގަނޑުން ފިޔަވަޅު ނޭޅުމުން އެޗްޕީއޭގެ ނިންމުންތަކަށް ރައްޔިތުންގެ މެދުގައި ދަނީ އިތުބާރު ގެއްލެމުންނެވެ.

Advertisement

ކޮމެންޓް