ސަރުކާރުން ޕްރެޝަރަށް ވެއްޓި އިދިކޮޅު ފަރާތްތައް ހައްޔަރު ކުރަން ފަށައިފި

26 Feb 2021 | 22:39

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ސުލްޙަވެރި އިޙުތިޖާޖު ނުފެށެނީސް އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބައެއް މެމްބަރުން ހައްޔަރުކޮށްފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވިދާޅުވީ، މިއަދުގެ ސުލްޙަވެރި އިޙުތިޖާޖު ނުފެށެނީސް އެކޯލިޝަނަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢިލް، އަދި ޕީއެންސީގެ ކައުންސިލް މެމްބަރު އަޙްމަދު ނަރީޝް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެޕާޓީގެ ކުރީގެ އެމްޕީ ނަޝީދު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ. މިބޭފުޅުން ހައްޔަރުކޮށްފައިވަނީ ޕާޓީ އޮފީސް ދޮރުމަތިންނެވެ.

Advertisement

ކޮމެންޓް