ދުވާފަރުގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެއްޖެ

27 Feb 2021 | 11:06

ރ.ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެރަށު ޞިއްޙީ މަރުކަޒުން މަޢުލޫމާތުދޭ ގޮތުގައި އިއްޔެ އެރަށުން ނެގުނު ފަސް ސާމްޕަލްއިން ސާމްޕަލް އެއް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެމީހާ ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަވެ ނެރުނު ސާމްޕަލް އިން ޕޮޒިޓިވްވެގެންނެވެ.

ދުވާފަރުން ޕޮޒިޓިވް ކޭހެއް ފެނިފައިވާއިރު، ޕޮޒިޓިވްވި މީހާއާއި އިތުރު މީހަކާއި ކޮންޓެކް ވެފައިނުވާކަމަށްވެސް މަޢުލޫމާތު ވަނީ ލިބިފައެވެ.

Advertisement

ކޮމެންޓް

Advertisement