ފުވައްމުލަކުގެ ކާފިއު މުއްދަތު އިތުރުކޮށްފި

27 Feb 2021 | 14:32

ކޮވިޑް-19ގެ ކޭސްތައް ފެނުމާއި ގުޅިގެން ފުވައްމުލަކުގައި ކާފިއު ހިންގާފައި އޮތް އޮތުން އިތުރު އެއް ހަފުތާއަށް ދަމަހައްޓަން އެޗްޕީއޭއިން ނިންމައިފިއެވެ.

ފުވައްމުލަކު ސިޓީގައި ކޮވިޑް-19 ފެތުރުން އިތުރުވަމުންދިއުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިމަހުގެ 12ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް އެސިޓީގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ރޭ ޢާންމުކުރި އެންގެވުމުގައި ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހުގެ އެންގެވުމުގައިވާ ފިޔަވަޅުތައް މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އިތުރުކުރަން ނިންމަވާފައިވާ ކަމަށެވެ.

އެ ގޮތުން ރޭގަނޑު 8 އިން ފެށިގެން, ފަތިހު 4 އާއި ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ.

އޭގެ އިތުރުން އެއްފަހަރާ 03 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި، އާންމު ތަންތަނުގައި އެއްވެ އުޅުންވެސް މަނާކޮށްފައިވެއެވެ. ސެލޫންތަކާއި، ޖިމްފަދަ ތަންތަން ބަންދުކުރުން ހިމެނޭއިރު، ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުންވެސް މަނާކަމަށް ކަނޑައަޅާފައި ވެއެވެ.

Advertisement

ކޮމެންޓް

Advertisement