ތ.އަތޮޅުގެ ފުރަތަމަ ސްވިމިންގ ޓްރެކް ތިމަރަފުށީގައި!

27 Feb 2021 | 12:11

ތ.އަތޮޅުގެ ފުރަތަމަ ސްވިމިންގ ޓްރެކް އެއަތޮޅު ތިމަރަފުށީގައި ޤާއިމްކޮށް ބޭނުން ކުރަން ފަށައިފިއެވެ.

އެއަތޮޅުގެ ފުރަތަމަ ފަތާ ޓްރެކް ގާއިމުކޮށް ބޭނުން ކުރަން ފެށިކަން ރައްޔިތުންގެ މަޖިލިސްގައި ތިމަރަފުށި ތަމްސީލް ކުރަށްވާ މެންބަރު އަދި ކުރީ ކޮމިޝަނަރ އޮފް ޕޮލިސް، ރިޔާޟް ވަނީ ޓްވީޓާގައި ހިއްސާ ކުރަށްވާފަ އެވެ.

މި ސްވިމިން ޓްރެކް ތަރައްޤީކޮށްފައިވަނީ ޗައިނާގެ ޚާއްޞަ އެހީތެރިކަމާއެކުއެވެ.މީގެ އިތުރުން ރިޔާޟް ވަނީ އެ ފަތާ ޓްރެކް އެރަށަށް ހޯދައި، ރައްޔިތުންނަށް ބޭނުންކުރެވޭގޮތް ހެދުމުގައި ތިމަރަފުށީ ކައުންސިލުން އަދާކުރި ދައުރު ފާހަގަކޮށް، އެ ކައުންސިލަށް މަރުޙަބާ ދަންނަވާފަ އެވެ.

މި ސްވިމިން ޓްރެކާއެކު ކަސްރަތު ކުރާ މީހުންނަށް އެކަމުގެ ގިނަ ފައިދާތަކެއްކޮށް، ދުޅަހެޔޮ ހަށިހެޔޮ ޒުވާނުންތަކެއް އުފެދިގެންދާނެއެވެ.

Advertisement

ކޮމެންޓް