Advertisement

ހުޅުމާލެއިން މަރުވެފައި އޮތް މީހެއް ފެނިއްޖެ

27 Feb 2021 | 09:58

ހުޅުމާލޭގައި އިމާރާތެއްގެ ތެރެއިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭ ކޮންސްޓަރަކްޝަން ސައިޓެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮތް ކަމުގެ މަޢުލޫމާތު މިއަދު 7:31 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ނިޔާވެފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނެެއް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.އަދި މައްސަލަ އިތުރަށް ތަޙުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް