އިދިކޮޅު އިހްތިޖާޖުން ހައްޔަރު މީހުން ދޫކޮށްލައިފި

27 Feb 2021 | 10:51

އިދިކޮޅުން އިއްޔެ މާލޭގައި ބޭއްވި އިދިކޮޅު ޕާޓީގެ އިހްތިޖާޖްގެ ތެރެއިން ހައްޔަރު ކުރި 30 މީހުން ދޫކޮށްލައިފިކަަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިއްޔެ ހައްޔަރު ކުރި 30 މީހުންގެ ތެރެއިން ތިން މީހަކު ފިޔަވައި ބާކީ މީހުން ދޫކޮށްލީ، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވެގެން ފިޔަވަޅު އެޅުމަށްފަހު ކަމަށެވެ.

އެގޮތުން ތިން މީހުންގެ އިތުރުން ދެންތިބި 27 މީހަކު ވަނީ ކޮންމެ މީހަކު 1،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ .އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރުން ހިމެނިވަޑައިގަންނަވައެވެ. އޭގެތެރޭގައި ޕީއެންސީގެެ ނައިބު ރައީސް އަބްދުއްރަހީމް އާއި އިދިކޮޅު ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން އަދި ޕީޕީއެމް/ޕީއެންސީގެ ކައުންސިލް މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

Advertisement

ކޮމެންޓް