ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ ބަލިމީހަކު ނިޔާވެއްޖެ

27 Feb 2021 | 15:36

ނޭޝަނަލް ޑުރަގު އޭޖެންސީ (އެންޑީއޭ)ގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވެފައިވާ ކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.

އެއިދާރާއިން ބުނީ އެއިދާރާގެ ބެލުމުގެ ދަށުން ހދ.ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހެއް މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.

އަދި މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ފުލުހުން އެކަން ތަޙުޤީޤު ކުރަމުން އަންނަކަމަށް އެ އިދާރާއިން ވަނީ މަޢުލޫމާ ދީފައެވެ.

މިކަމާއި ގުޅޭ އިތުރު ތަފުސީލެއް އަދި ލިބިފައި ނުވާއިރު ފުލުހުންވެސް މިކަމާއި ގުޅިގެން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.


Advertisement

ކޮމެންޓް