މާލޭގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑައިލުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްްފި

27 Feb 2021 | 19:28

ކޮވިޑް-19އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގައި ޖަމާޢަތުގައި ނަމާދުކުރުމާއި މެދު ގޮތެއް ނިންމުމުގެ ގޮތުން މަޝްވަރާކޮށްފިއެވެ.

މިކަން ވަނީ އެޗްެއީއޯސީގެ އޮފިޝަލަކުވެސް މި ނޫހަށް ކަށަވަރުކޮށްދެއްވާފައެވެ. އެ އޮފިޝަލް ވިދާޅުވީ މާލޭގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް ވަނީ މަޝްވަރާކުރެވިފައެވެ.

"ޖަޒީރާ" ނޫހަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެފައިވަނީ، މާލެ ސަރަޙައްދުގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމާއި ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.

މިކަމާއި މެދު މިއަދު ގޮތެއް ކަނޑައެޅިގެންދާނެ ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް-10ގެ ކޭސްތައް އިތުރުވުމުގެ ސަބަބުން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ވެސް މާލޭގައި ޖަމާޢަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލާފައެވެ. 

Advertisement

ކޮމެންޓް