މުއިއްޒުއާ ޒޫމް މެދުވެރިކޮށް ބައްދަލުކޮށްލުމުގެ ފުރުޞަތު މިރޭ އޮންނާނެ!

27 Feb 2021 | 20:29

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒުއާއި ޒޫމް މެދުވެރިކޮށް ބައްދަލުކޮށްލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެގޮތުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހުގެ ރޭ އޮންނަ މި ހަރަކާތުގައި އާންމުންގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް ޒޫމް މެދުވެެރިކޮށް ވާޗުއަލްކޮށް ޑރ.މުއިއްޒުއާއި ބައްދަލުކޮށް، ސުވާލު އެހުމުގެ ފުރުޞަތު އޮންނާނެކަމަށް އެ ކެމްޕެއިނުން މަޢުލޫމާތުދެއެވެ. މި ސެޝަންތައް ފޭސްބުކް މެދުވެރިކޮށް ލައިވް ކުރެވިގެންދާނެއެވެ.

މި ސިލްސިލާ ބައްދަލުވުންތަކުގެ ސެޝަނެއް މިރޭވެސް އޮންނާނެއެވެ. މިރޭގެ ބައްދަލުވުމުގައި ބައިވެރިވާނެގޮތުގެ ތަފުސީލުތައް ތިރީގައި އެވަނީއެވެ.

މިރޭގެ ޒޫމް ބައްދަލުވުން ފެށޭނީ 9 ޖަހާއިރުގައެވެ.


ފޮަޓޯ: ވަން އޮންލައިން

Advertisement

ކޮމެންޓް

Advertisement