Advertisement

ވިލިމާލޭގައި ހުރި 475 ރުއް ބަލަހައްޓާނެ ފަރާތެއް ހޯދަނީ

28 Feb 2021 | 14:11

ވިލިމާލޭގައި ހުރި 475 ރުއް ސާފުކޮށް ބަލަހައްޓައި ދޭނެ ބަޔަކު ހޯދަން، ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ވިލިމާލޭގެ 475 ރުއް އެއް އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށްދީ ބެލެހެއްޓުމުގެ މަސައްކަތަށް ބިޑް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާ ކަމަށެވެ.

އެގޮތުން ރުށްތަަކަށް އަރައި ސާފުކޮށް ރުށްތައް ބަލަހައްޓައި ދޭން ޝަޢުގުވެރިވާ ފަރާތްތަކުން އެ ކަމާ ގުޅޭ މައުލޫމާތު ސާފުކުރުން އަންނަ މާޗު މަހުގެ ހަތް ވަނަ ދުވަހުގެ 11:00 ޖަހާއިރު އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި ބިޑު ހުށަހަޅަން ޖެހޭ މުއްދަތަކީ އަންނަ މާޗު މަހުގެ 11 ވަނަ ދުވަހެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މައުލޫމާތު ސާފު ކުރަން އަންނައިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން އައުމަށާއި، އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް އެ ކައުންސިލްގެ ނަންބަރު 3323901 އަށް ގުޅުމަށް އިއުލާނިގައި ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ ގަޑި ޖެހުމުގެ ފަހުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ބަަލައި ނުގަނެވޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

Advertisement

ކޮމެންޓް