ހިޔާ ފްލެޓްތައް ދިނުމާމެދު ރައްޔިތުން ދެކޭގޮތް ބަލަނީ

02 Mar 2021 | 15:49

 ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އާންމުގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ހިޔާގެ އިތުރުން މި ސަރުކާުރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތައްވެސް ހިޔާލު ހޯދުމަށް ވަނީ ހުޅުލާފައެވެ.

މަޖިލިސް އިދާރާއިން މިރޭ ކުުރި އިއުލާނުގައި ވަނީ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫގެ ފްލެޓްތައް ދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީން ދިރާސާއެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ ދިރާސާގެ ބެނުމަކަށް އާންމުންގެ ހިޔާލަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ، އަންނަ މާޗުމަހުގެ ހަ ވަނަ ދުވަހު މެންދުރުފަހު، 2:00 އެވެ. ހިޔާލު ފޮނުވަން ޖެހެނީ، ކޮމިޓީގެ އީމެއިލް އެޑްރެސް ([email protected]) ނުވަތަ މަޖިލިސް އިދާރާއަށް ލިޔުމުން ހުށަހަޅައިގެންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތައް އޭގެ ހައްގުވެރީންނަށް ދިނުމަށް ކުރީ ސަރުކާރުން ނިންމި ގޮތް ކަމުނުގޮސްގެން މި ސަރުކާރުން ވަނީ ފްލެޓް ކޮމިޓީއެއް އެކުލަވާލައި، އަލުން ހައްގުވެރީން ކަނޑައަޅާފައެވެ. ނަމަވެސް މިމަހު އާންމު ކުރި ދާއިމީ ލިސްޓާއެކު ފްލެޓް ގެއްލުނު އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

Advertisement

ކޮމެންޓް