Advertisement

އެމްޑީޕީ އަކީ ކޮންބައެއްކަން ދިވެހިން ދަސްކޮށްފި: ޝުޖާއު

28 Feb 2021 | 23:08

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އަކީ ކޮންބައެއްކަން ދިވެހީން ދަސްކޮށްފައިވާ ކަމަށާއި، ދެން ރައްޔިތުންގެ ބޮލަށް "ޗިޕް" ނުޖެހޭނެ ކަމަށް ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ އިލްމީ ބޭފުޅުން ތިއްބަވަނީ ޕީޕީއެމްގައެވެ. އެކަން ހުރިހާ ދިވެހި ރައްޔިތުންވެސް ގަބޫލު ކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ކޮންބައެއްކަން ދިވެހި ރައްޔިތުން މިހާރު ވަނީ ދަސްކޮށްފައެވެ. އެހެންކަމުން، އެޕާޓީއަށް ދިވެހީންނަށް ނުހެއްލޭނެ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ދެން ޗިޕެއް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް