Advertisement

އިންސާފަކީ ބޮޑު ގޮނޑިއަށް ސަވާރުވެވުމުން ހަނދާންނެތޭ އެއްޗެއްތޯ؟: މަލީހު

01 Mar 2021 | 09:54

އިންސާފަކީ ބޮޑު ގޮނޑިއަށް ސަވާރު ވެވުމުން ހަނދާން ނެތޭ އެއްޗެއްތޯ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ. މަލީހު ވިދާޅުވީ، މި މައްސަލައިގައި މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް ހާޒިރުވީ މަގާމުގެ ދިފާއުގައި ނޫން ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދިފާއުގައި ކަމަށް ވިދާޅުވިއެވެ.

މަލީހު ވިދާޅުވިގޮތުގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ހުށަހެޅީ، ވީޓީވީގެ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވުުމުން ކަމަށެވެ.

Advertisement

ކޮމެންޓް