Advertisement

މިއީ ދޮގާއި މަކަރާއި ހީލަތުން ކުރިއަށްދާ ޒާތީ މައްސަލައެއް: މަލީޙް

01 Mar 2021 | 13:21

އިތުބާރު ނެތް ކަމުގެ މައްސަލައަކީ ދޮގާ މަކަރާ ހީލަތުން ކުރިއަށްދާ ޒާތީ މައްސަލައެއް ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީ ވަމުން ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވީ، މަޖިލީހަށް ވަޑައިގަތީ ވަޒީރުކަން ދިފާޢުކުރުމަށް ނޫންކަމަށާއި، ވަޑައިގަތީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ ދިފާޢުކުރުމަށްކަމަށެވެ. 

މަލީހު ވިދާޅުވީ، 14 މެންބަރުން ސޮއިކުރައްވާ މަޖިލީހަށް ވައްދާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ ވަޒީރެއްގެ ނަން ކިލަނބުކޮށްލުމަށް ހުށައެޅުއްވި ޒާތީ މައްސަލައެއްކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ހުރިހާ އިޖުރާއަތެއް ކުރިއަށް ގެންދިޔައީ ދޮގާއި މަކަރާއި އެކުކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، މަޖިލީހުން އެމަނިކުފާނަށް ފޮނުވާފައިވާ މައްސަލާގައި ހުސް ކަރުދާސްތަކެއްވެސް ހިމެނޭކަމަށާއި، އޭގައި ވާއެއްޗެއް އަދި ނުވާއެއްޗެއްވެސް ސާފުނުވާކަމަށެވެ. 

އަދި އެ މައްސަލާގައި ބަޔާންކޮށްފައިވަނީ ވަޒީރުގެ ނަންފުޅުވެސް ނުބައިކޮށްކަމަށާއި، އެ މައްސަލައާއި ގުޅިގެން މަޖިލީހަށް ފޮނުވި ސިޓީގެ ޖަވާބު އެންމެ ޑިމޮކްރަޓިކް މަޖިލީހުން މިހާތަނަށްވެސް ދެއްވާފައި ނުވާކަމަށް މަލީޙު ވިދާޅުވިއެވެ.

މިހާރު މަޖިލީހުގައި މަލީޙުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސްކުރަމުންދާއިރު، އެމައްސަލައަށް ޖަވާބުދާރީވަމުން މަލީޙު ވިދާޅުވީ، މަޖިލީހަށް ވަޑައިގަތީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ ދިފާޢު ކުރަން ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement