އިންޓަނެޓްގެ ސްޕިޑް އެހެރީ ރައީސް ސޯލިޙްގެ ސްޕީޑްގައި: ޝިޔާމް

01 Mar 2021 | 14:43

އިންޓަރނެޓްގެ ސްޕީޑް ހުރީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސްޕީޑްގައި ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގައި ބަހުސް ކުރައްވަމުން ޝިޔާމް ވަނީ މިފަދައިން ވިދާޅުވެ ރައީސް ޞާލިޙްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ އިންޓަނެޓަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި އެހެން ނަމަވެސް ރައްޔިތުންގެ ޝަކުވާއަކީ އިންޓަނެޓު ސްލޯ ވާހަކަ ކަމަށާއި އެއީ ދިވެހިރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށެވެ.

Advertisement

ކޮމެންޓް