Advertisement

ކޮވިޑް ވެކްސިން ކާޑު ދައްކާލައިގެން ޕިއްޒާ ކިޗަނުން ޑިސްކައުންޓެއް!

12 Apr 2021 | 00:25

ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހިކަމުގެ ކާޑު ދައްކާލައިގެން ޑިސްކައުންޓް ދިނުމުގެ ޚާއްސަ ހަރަކާތެއް ހުޅުމާލޭގެ ޕިއްޒާ ކިޗަނުން ފަށައިފިއެވެ.

ޕިއްޒާ ކިޗަނުން ބުނިގޮތުގައި އެތަނުން މި ހަރަކާތް ފަށާފައިވަނީ ވިޔަފާރީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވީހާވެސް ގިނަބަޔަކު ވެކްސިން ޖެހުމަށް ހިތްވަރުދީ، ވެކްސިން ޖަހާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންކަމަށެވެ. އެގޮތުން ކޮވިޑް ވެކްސިން ކާޑު ވައިބަރކޮށްލުމުން، އޯޑަރކުރާ ކޮންމެ ޕިއްޒާއަކުންވެސް 10އިންސައްތަ ޑިސްކައުންޓެއް ލިބޭނެއެވެ.

ޑިސްކައުންޓް ހޯދުމަށް ވެކްސިން ކާޑުގެ ފޮޓޯއެއް ވައިބަރކޮށްލަން ޖެހޭނީ 7889696 ނަންބަރަށެވެ. ޕިއްޒާ ކިޗަނުން ޕިއްޒާ އޯޑަރުކުރުމަށް ގުޅާލަން ޖެހޭނީ 3356565 ނަންބަރަށެވެ.

މާލޭ ސަރަޙައްދުގައި ވެހިކަލް ދުއްވުން މަނާވަގުތުތަކުގައި މާލެ، ހުޅުމާލޭގައި ޑެލިވަރީކޮށްދެމުންދާނެކަމަށް ޕިއްޒާ ކިޗަނުން ވަނީ ބުނެފައެވެ. ޕިއްޒާ ކިޗަންގެ މެނޭޖްމަންޓުން މަޢުލޫމާތު ދޭގޮތުގައި އެތަނުގެ ހުރިހާ އުފެއްދުންތައްވެސް ތައްޔާރުކުރާނީ ސާފުތާހިރުކަމަށް އިސްކަންދީ، އެޗްޕީއޭގެ މިންގަނޑުތަކާއިވެސް އެއްގޮތަށެވެ.

ޕިއްޒާ ކިޗަނުން ލިބެން ހުންނާނީ ހަމައެކަނި ޕިއްޒާގެ ބާވަތްތަކެއް ނޫނެވެ. އޭގެ އިތުރުން ތަފާތު ބާވަތްތަކުގެ ސެލެޑް، ސޭންޑްވިޗް އަދި ފޮކޭސިޔާ ބްރެޑްތަކުގެ އަޖުމަ ބަލާލުމުގެ ފުރުޞަތުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. 

Advertisement

ކޮމެންޓް