Advertisement

ޓްރީޓޮޕް ހޮސްޕިޓަލްގެ 3ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްޞަ ހަރަކާތްތަކެއް!

01 Mar 2021 | 14:43

ޓްރީ ޓޮޕް ހޮސްޕިޓަލުގެ 3 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މުޅިން އާ ޙާއްޞަ ޑިސްކައުންޓެއް ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް ތަޢާރަފް ކުރުމާއި، އޮންލައިން ގެސްޓް ޕޯޓަލް އަދި ފީޑް-ބެކް ޕޯޓަލް ހިދުމަތް ފެށުމާއި، މުވައްޒަފުންނަށް ޙާއްސަ ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމްއަކާއި، އަދި މުޅިން އާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ތަޢާރަފްކޮށްފިއެވެ.

މިގޮތުން، ޓްރީ ޓޮޕް ހޮސްޕިޓަލުން ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް 10%ގެ ޚާއްޞަ ޑިސްކައުންޓް ރޭޓެއް އަހަރީ ދުވަހަށް ޚާއްޞަކޮށްގެން ތަޢާރަފް ކޮށްފިއެވެ. ތިރީގައިވާ ޕެކޭޖްތަކުގައި މި ޚާއްޞަ ޑިސްކައުންޓް ރޭޓް މާރިޗު 1 އަކުން 31 އަށް ލިބިވަޑައިގަންނަވާނެއެވެ.

1. ފިރިހެން ބޭފުޅުންނަށް ޚާއްޞަ "ވެލް މޭލް" ޕެކޭޖް.

2. 18 – 34 އަހަރުގެ އަންހެން ބޭފުޅުންނަށް ޚާއްޞަ "ވެލް ވުމަން" ޕެކޭޖް.

3. 35 އަހަރުން މަތީ އަންހެން ބޭފުޅުންނަށް ޚާއްޞަ "ވެލް ވުމަން" ޕެކޭޖް.

4. ދުޅަހެޔޮ ސިއްހަތަކަށް ޚާއްޞަ "ހެލްތީ ލިވިން" ޕެކޭޖް.

5. ހިތުގެ ބަލިތަކަށް ޚާއްޞަ "ހާޓް ސްކްރީނިންގ" ޕެކޭޖް.

މީގެ އިތުރުން، ޓްރީ ޓޮޕް ހޮސްޕިޓަލުން މުޅިން އާ ގެސްޓް ޕޯޓަލް އަދި އެޕްގެ ޚިދުމަތް ވަނީ ފަށާފައިވެއެވެ. މިގޮތުން އޮންލައިން ގެސްޓް ޕޯޓަލް ބޭނުންކުރައްވައިގެން ފަސޭހަކަމާއެކު ބުކިން ހެއްދެވުން، ފައިސާ ދެއްކުން، މެޑިކްލް ރެކޯޑް ހިއްސާކުރުން، އަދި ހޮސްޕިޓަލާއި މެހެމާނުންނާއި ދެމެދު ރައްކާތެރިކޮށް މެސެޖް ފޮނުވޭނެ ގޮތަށް ހަމަޖެހިފައިވެއެވެ. ގެސްޓް ޕޯޓަލްއަށް ވަޑައިގަތުމަށް https://guest.treetophospital.com/login ބޭނުންކުރުމަށް ވަނީ އެދިފައެވެ.

މި އެޕް ފޯނަށް ޑައުންލޯޑް ކުރެއްވުމަށް އެޕަލް އެޕްސްޓޯރ ނުވަތަ އެންޑްރޮއިޑް ޕްލޭސްޓޯރ އަށް ވަޑައިގެން ‘Tree Top Hospital Guest Portal’ ބޭނުންކުރުމަށް އެދެއެވެ.

މީގެ އިތުރުންވެސް، އާ ހުނަރުވެރި ޒުވާން މަސައްކަތްތެރިން އުފެއްދުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މުޅިން އާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް އުފައްދާފައެވެ. މި ޕްރޮގްރާމް އަމާޒުކުރަނީ ސާނަވީ ތަޢުލީމު ނިންމާފައިވާ ޒުވާނުން މަސައްކަތުގެ ބާޒާރަށް ނިކުތުމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ.

އަދި ފަހުކަމަށް، ޓްރީ ޓޮޕް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޚިދުމަތް ލިބިގަތުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަން ހޯދައިދިނުމަށާއި މުވައްޒަފުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.

ނޯޓް: މި ޚަބަރު ބިނާވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުން ފޮނުވި ޕްރެސް ރިލީސެއްގެ މައްޗަށެވެ.

Advertisement

ކޮމެންޓް