އަންނަ އަހަރު ރަށްރަށުގެ ބޯހިޔާވަހިކަމަށް އިސްކަންދޭނަން: ރައީސް ޞާލިހު

01 Mar 2021 | 16:43

 އަންނަ އަހަރު ރަށްރަށުގެ ބޯހިޔާވަހިކަމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކައިރިވަމުން އަންނައިރު، ބޯހިޔާވަހިކަމާގުޅޭ މިފަދަ ގިނަ ވައުދުތަކެއް އެމްޑީޕީން އަންނަނީ ވަމުންނެވެ.

ރޭ އެމްޑީޕީން އޮންލައިންކޮށް ބޭއްވި ރަށްވެހިފަތިސް ކެމްޕެއިންގައި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ޕްލޭންތަކެއް ހަދަމުންދާ ކަމަށާއި ވަރަށް އަވަހަށް އެކަންކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އަތޮޅުތެރެއަށް 1.5 ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމަށް މަޝްރޫއު ހިންގުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ބޯހިޔާވަހިކަމާ ގުޅޭ އިތުރު ވައުދެއް ރައީސް ސޯލިހު ވެވަޑައިގެންފައިވާއިރު، މިއަހަރުގެ ފެބްރުއަރީމަހުގެ ހަތަރުވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވަނީ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށްގެންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، 1000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވަނީ އިތުރުފުޅު ހައްދަވައިފައެވެ. 

Advertisement

ކޮމެންޓް

Advertisement