އެންގޯލާގައި މޯބައިލް އެޕަކުން ޖަނަވާރު ގޭގެ ދޮރުމައްޗައް ގެނެވޭ!

07 Dec 2018 | 11:16

ޒަމާނަށްއައި ބަދަލުތަކާއި އެކު އިންސާނީ ހަޟާރާތުގެ މުހިންމު ބޭނުންތައް ފުއްދުމަށް ބޮޑެތި ފަސޭހަތަކެއް، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ވަނީ ލިބިފައެވެ. އެގޮތުން ކައިބޮއެ އުޅުމަށް އެއްޗެހި އޯޑަރުކޮށްލުން ފަދަ ކަންކަން މިއަދު މިވަނީ އިނގިލިކުރިން ކުރެވޭނެ ފަދަ ކަމަކަށް ބަދަލުވެފައެވެ.

ގިނަ ގައުމުތަކުގައި ރެސްޓޯރެންޓްތަކުންނާއި ކުންފުނިތަކުން ގޭގެ ދޮރުމައްޗަށް ކެއުންތަކާއި ކެއްކުމުގައި ބޭނުންކުރާ ތަކެތި ޑެލިވަރ ކޮށްދިނުމުގެ ވިޔަފާރިތައް ހަލުވިމިނެއްގައި ކޮށްދެއެވެ. ނަމަވެސް އެފްރިކާގެ ގައުމެއްކަމުގައިވާ އެންގޯލާގެ ޓުޕާކާ މޯބައިލް އެޕްލިކޭޝަނުންވަނީ ދިރޭ ޖަނަވާރުވެސް ގޭގެއަށް ޑެލިވަރކޮށްދިނުމުގެ ވިޔަފާރިއެއް ފައްޓާފައެވެ.

މީގެ ކުރިން ކެއުންތައް ވަކިން ޑެލިވަރކުރަމުންދިޔަ ޓުޕާކާއިން އެހެން ކުންފުންޏަކާއި ގުޅިގެން ދިރޭ ޖަނަވާރު ގޭގެއަށް ޑެލިވަރކޮށްދިނުމުގެ ހިދުމަތް ފެއްޓީ، އެކަމަށް ބޮޑު ތަރުހީބެއް ލިބެމުންދިޔުމުގެ ސަބަބުންކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެކުންފުނިން ޑެލިވަރކޮށްދޭ ދިރޭ ޖަނަވާރުތަކުގެ ތެރޭގަައި ކުކުޅު، އޫރު އަދި ބަކަރި ފަދަ ތަކެތި ހިމެނެއެވެ. 

Advertisement

ކޮމެންޓް