Advertisement

މީޑިއާ ކޮމިޝަނެއް އެކުލަވާލުމުގެ ބިލް މަޖިލީހަށް ލިބިފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފި

02 Mar 2021 | 13:11

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މޯލްޑިވްސް މީޑީއާ ކައުންސިލް އެއްކޮށްލުމަށް، މީޑިއާ ކޮމިޝަނެއް އެކުލަވާލުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ލިބިފައިނުވާތީ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ ޝަފީގް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މެމްބަރު ޢަބްދުﷲ ޝަފީޤް މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބްރޯޑްކާސްޓިންގ ކޮމިޝަނަށް އައު މެމްބަރަކު ޢައްޔަންކުރުމަށް މިއަދު ވޯޓަށް އެހުމަށް ވަނީ ތާވަލުކޮށްފައެވެ.

އެމައްސަލައާއި ގުޅިގެން މަޖިލީހުގައި ވާހަކަދައްކަމުން މެމްބަރު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސަބުކޮމިޓީއެއް އެކުލަވާލައިގެންވެސް މި ބިލާ ގުޅޭ މަސައްކަތްތައްކޮށް، ދެ އިދާރާއާއި އެކު ވެސް ބައްދަލުކޮށްފައިވާނެ ކަމަށާއި، ނޫސްވެރިންގެ ޚިޔާލު ހޯދައި ބަންޑާރަނައިބުގެ އޮފީހަށްވެސް ފޮނުވާފައިވާނެ ކަމަށެވެ.

މީޑިއާ ކޮމިޝަނުގެ ބިލު ލިބުން ލަސްވުމުގެ ކަންބޮޑުވުން މެމްބަރު ފާޅުކުރައްވާފައިވާއިރު މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ މަޖިލީހަށް ބިލުތައް ލިބޭ މިންވަރު ލަސްވާތީ މަޖިލީހުގައި އެކަން ފާހަގަކޮށްފައެވެ. 

Advertisement

ކޮމެންޓް