ބްރޯޑްކޮމްގެ މެންބަރުކަމަށް ފަޒީން އައްޔަންކުރަން ރުހުންދީފި

02 Mar 2021 | 14:10

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ރާއްޖެޓީވީގެ  ނޫސްވެރިޔާ މުހައްމަދު ފަޒީން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ފަޒީނަށް ރުހުންދޭން ފެންނަކަމަށް 55 މެންބަރުން ވޯޓު ދެއްވިއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމު ހުސްވުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 11 ނަމެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. އެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކުރުމަށްފަހު ހޮވާފައިވަނީ ދެ ނަމެކެވެ.

އެއީ ފަޒީންގެ އިތުރުން ވީޓީވީގެ ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާގެ ނަމެވެ. ކޮމެޓީގެ ނިންމުމާއި އެއްގޮތަށް މަޖިލީހުގެ ތަޅުމުގައި އެންމެ ފުރަތަމަ އަހާފައިވަނީ ފަޒީންގެ ނަމެވެ. ފަޒީންގެ ނަމަަށް ރުހުން ލިބުމުން ޝިފްޒާގެ ނަމަށް އަހާފައެއް ނުވެއެވެ.

Advertisement

ކޮމެންޓް