މެރިޓައިމް އޯގަނައިޒޭޝަންގެ ސަފީރު ކަމަށް ޑރ. ފަރަޙަނާޒް ޢައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

02 Mar 2021 | 15:25

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން އަށް ރާއްޖެ އިން ކަނޑައަޅާ ދާއިމީ ސަފީރުގެ ގޮތުގައި ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ.ފަރަޙަނާޒް ފައިސަލް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ފަރަޙަނާޒްގެ ނަން ދިރާސާ ކުރި ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވެސް ނިންމާފައި ވަނީ އޭނާ އަށް ރުހުން ދިނުމަށެވެ. އަދި މަޖިލިހުގެ ތަޅުމުގައި ނެގި ވޯޓުގައި އޭނާ އަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ އިއްތިފާގުންނެވެ.

ޑރ.ފަރަޙަނާޒް މިވަގުތު އަޔަލެންޑާއި ސްޕެއިން އަދި ފްރާންސްގެ ނޮން ރެސިޑެންޝަލް ސަފީރުގެ މަގާމު ވެސް ފުރުއްވަމުން ދާއިރު އެބޭފުޅާއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި އަންހެން ބޭފުޅާކަން ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

ކޮމެންޓް