Advertisement

ފަހިޕޭ އައިޔޫއެމްއެސްޔޫ ޤުރްއާން މުބާރާތް 1442ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

02 Mar 2021 | 15:21

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން މިއަހަރު ބާއްވާ ފަހިޕޭ އައި.ޔޫ.އެމް.އެސް.ޔޫ ޤުރްއާން މުބާރާތް 1442 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މުޅި ރާއްޖެއަށް ހުޅުވާލެވިފައިވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ރަމަޟާން މަހުގައެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތަކަކީ، 10 އަހަރުން ދަށް، 10 އަހަރާއި 18 އަހަރާއި ދެމެދު އަދި 18 އަހަރުން މަތި، މި ތިން އުމުރުފުރާއެވެ. މި މުބާރާތުގައި ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ، ތިންވަނަ، އަދި މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވެވޭ މި މުބާރާތުގައި ވީޑިއޯތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ޢުމުރުފުރާއަކަށްވެސް އެ ޢުމުރުފުރާއަކަށް ކަނޑައެޅިފައިވާ ދުވަސްތަކުގައެވެ. މި ވީޑިއޯތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. މި މުބާރާތުގެ ޤަވާޢިދާއި މުބާރާތުގައި ބައިވެރިވާން އެދޭ ފޯރމް އައި.ޔޫ.އެމް.އެސް.ޔޫގެ ފޭސްބުކްޕޭޖުން ލިބެން ހުންނާނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައި ވަނީ 20 މާރިޗު 2021ގެ ނިޔަލަށެވެ.

އައި.ޔޫ.އެމް.އެސް.ޔޫގެ ރައީސް ވިދާޅުވީ މި މުބާރާތުގެ މަޤުޞަދަކީ ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކަށް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދީ، ދިވެހިންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖައްސައި ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދިވެހިންގެ މެދުގައި ވާދަވެރިކަން އުފެއްދުމެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމުގެ ލިންކު

Advertisement

ކޮމެންޓް