ގުޅިފަޅަކީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަންޒިލަކަށް ހަދަންޖެހޭ: ޑރ.މުޢިއްޒު

02 Mar 2021 | 18:58

ކ.ގުޅިފަކީ މާލޭ ރަށްވެހީންގެ ގެދޮރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ވާންޖެހޭ ކަަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޒޫމް މެދުވެރިކުރައްވައި މާލޭގެ ބައެއް ރައްޔިތުންނާއި އޮންލައިންކޮށް ބޭއްވެވި ބައްދަލުވުމެއްގައި ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.މުޢިއްޒު ވިދާޅުވީ، ގެދޮރުވެރިކަމުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ބިންވެރި ބަޔަކަށް ވުމަކީ މާލޭގެ ރައްޔިތުންގެ އަމާޒެއް ކަމަށާއި، އަމިއްލަ ނަންމަތީގައި ގޯއްޗެއް އޮތުމަށް ކޮންމެ ރައްޔިތަކުވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް މާލީ ގޮތުން ތަނަވަސްކަން ނެތުމުން އެކަމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ޙައްލު ބޭނުންވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވައި ޑރ.މުޢިއްޒު ވިދާޅުވީ، މި މައްސަލަ ޙައްލު ކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަފިޔަވަހީގައި ހިއްކާފައިވާ ބިން އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރަންޖެހޭ ކަމަށެވެ.

"ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަަމަށް ޚާއްޞަ މަންޒިލަކަށް ހެދުމުގެ މަސައްކަތް ހުއްޓައެއް ނުލާނަން" ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވި ގޮތުގައި ޕޯޓު އެޅުމަށް، ނުވަތަ އެހެން އެއްވެސް މަޝްރޫޢުއެއް ހިންގުމަށް ގުޅިފަޅު ބޭނުން ކުރުމަކީ މާލޭގެ ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމުގެ ޙައްޤަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ގުޅިފަޅުގައި ޕޯޓު އަޅަންޖެހޭ އެއްވެސް "ޓެކްނިކަލް" ސަބަބެއް ނެތް ކަމަށާއި، އެ މަޝްރޫޢު ކުރިއަށް ގެންދަންވީ ތިލަފުށީގައި ކަމަށެވެ. ކުނި މެނޭޖު ކުރެވޭނެ ޒަމާނީ ވަސީލަތްތައް ޤާއިމުވެފައިވާކަން ފާހަގަކުރައްވައި ޑރ.މުޢިއްޒު ވަނީ، އެމަސައްކަތް މިހާރު ތިލަފުށީގައި ކުރަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް

Advertisement