ކުރިއަށް އޮތް ހަތްމަސް ދުވަހުގެތެރޭ، އުނގޫފާރު ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ތަރައްޤީކުރެވޭނެ: ރައީސް

04 Mar 2021 | 10:48

ކުރިއަށް އޮތް ހަތް މަސްދުވަހުގެ ތެރޭގައި ރ.އުނގޫފާރު ހޮސްޕިޓަލް ޓަރޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ތެރެއިން، ރ.އަތޮޅަށް ޚާއްޞަކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރަށްވެހި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އެގޮތުން މިވަގުތުވެސް އެހޮސްޕިޓަލުގައި ލޮލުގެ ޑިޕާޓްމަންޓަށް ބޭނުންވާ ވަޞީލަތްތަކާއި އައިސީޔޫއާއި ފިޒިއޮތެރަޕީ ޑިޕާޓްމަންޓާއި ލެބޯޓަރީއަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށްފައިވާކަމަށެވެ.

އަދި އެހޮސްޕިޓަލަަށް ބޭނުންވާ އެމް.އާރް.އައިގެ ޚިދުމަތާއި ސީޓީ ސްކޭނާއި ޑެންޓަލް ޑިޕާޓްމަންޓަށް ބޭނުންވާ އިތުރު ވަޞީލަތް ހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރަށް ރައީސް ވިދާޅިވީ، މާލެ ފުރަބަންދުކުރުމާއި ގުޅިގެން ބާރުބޮޑުވި އެއް ހޮސްޕިޓަލަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ކަމަށްވާއިރު މިދިޔަ އަހަރުގެ ތެރޭގައި ނ، ރ، ބ، ޅ މި އަތޮޅުތަކުން 61،000 އަށްވުރެ ގިނަ މީހުން އުނގޫފާރު ހޮސްޕިޓަލުގެ ޚިދުމަތް ހޯދާފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement