ފިލިކަމަށް އެއްބަސްވެ ބާޣީ ލުޠުފީ އެދުނީ ވީހާވެސް ލުއި އަދަބެއް ދިނުމަށް

03 Mar 2021 | 15:15

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގެ އިސްކޮށް ހަރަކާތްތެރިވި ހެންވޭރު ހާޖަރާގެ ލުޠުފީ 25 އަހަރަށް ޖަލަށްލާފައި ވަނިކޮށް ފިލާފައިވާކަމަށް އެއްބަސްވެ އަދަބު ކުޑަކޮށްދިނުމަށް ޝަރީޢަތުގެ މަޖުލީހުގައި އެދިއްޖެއެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް 2010 ވަނަ އަހަރު ފޮނުވުމުން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮޮށް ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން، ބާޣީ ލުޠުފީ މާލެ ގެނެސްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

އެމައްސަލައާއި ގުޅިގެން ލުޠުފީގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ މިއަދުގެ ޝަރީޢަތުގައި އޭނާ ވަނީ ފިލިކަމަށް އެއްބަސްވެފައެވެ.

ޝަރީޢަތުގައި ވާހަކަދައްކަމުން އޭނާ ވަނީ ބޭސްފަރުވާއަށް ފޮނުވުމުން ފިލިކަމަށް އެއްބަސްވެ ވީހާވެސް އަވަހަށް ހުކުމްކޮށްދިނުމަށާއި، ވީހާވެސް ލުއި އަދަބެއް ދިނުމަށް އެދިފައެވެ.

2011 ވަނަ އަހަރުގެ ތެރޭގައި ބޭސްފަރުވާއަށް ލުޠުފީ ރާއްޖެއިން ބޭރަށް ފޮނުވާލުމުން އޭނާ ވަނީ ގިނަ އަހަރުތަކެއް ވާންދެން އަވަށްޓެރި ސްރީލަންކާގައި ފިލައިގެން އުޅެފައެވެ. އެއަށްފަހު 2020 ވަނަ އަހަރުގެ މެއި މަހުގައި އޭނާ އަމިއްލައަށް ވަނީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ހަވާލުވެފައެވެ. އޭނާ މާލެއަށް ގެނެވެންދެން އޭނާގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ ފުލުހުންގެ ޚާއްޞަ ޓީމަކުންނެވެ.

Advertisement

ކޮމެންޓް