ނިއުޒިލޭންޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ، ސުނާމީގެ އިންޒާރު ނެރެފި!

04 Mar 2021 | 20:42

ނިއުޒިލޭންޑްގެ ނޯތު އައިލެންޑަށް ރިކްޓަރ މިންގަނޑުން 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުމުގެ ސަބަބުން އައްސޭރިފަށުގެ ސަރަޙައްދުތަކުގައި އުޅޭ ފަރާތްތަކުން ވީހާވެސް އަވަހަށް އުސްބިންތަކަށް ދިއުމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ. މި ބިންހެލުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް އެޤައުމުގެ ސަރުކާރުން މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ބިންހެލުމުގެ ސަބަބުން އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އަދި ނިއުޒިލޭންޑްގެ ނޭޝަނަލް އިމަރޖެންސީ މެނޭޖްމެންޓް އޭޖެންސީގެ ފަރާތުން ވަނީ ނިއުޒިލޭންޑްގެ ބައެއް ހިސާބުތަކަށް ސުނާމީއެއް އަތުވެދާނެކަމުގެ އިންޒާރު ނެރެފައެވެ. މި ސުނާމީގެ އަސަރު ދިވެހިރާއްޖެއަށް ނުކުރާނެެއެވެ

-ތަފްސީލް އަންނަނީ-

Advertisement

ކޮމެންޓް

Advertisement