ފަތުރުވެރިކަމުގެ ދުވަސް މިއަހަރު ފާހަގަކުރަނީ އައްޑޫ ސިޓީގައި

05 Mar 2021 | 23:20

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަން ނިންމާފައިވާއިރު މިއަހަރުގެ މިދުވަސް ފާހަގަކުރަން ނިންމާފައިވަނީ އައްޑޫ ސިޓީގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ފަތުރުވެރިކަމުގެ ދުވަސް އައްޑޫ ސިޓީގައި ފާހަގަކުރަން އިސްނެގީ އައްޑޫ ސިޓީ ކައުންސިލުން ކަމަށާއި އަދި އެކަމަށްޓަކައި މިނިސްޓްރީން ޝުކުރު އަދާކުރާ ކަމަށެވެ.

ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަކުރަން ނިންމިއިރު، ޓޫރިޒަމްގެ ދާއިރާ އިން ފާއިތުވި 38 އަހަރު ނާންނަވަރުގެ ކުރިއެރުން އައްޑޫ ސިޓީ އަށް ގެންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މައުސޫމް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު އެ ދުވަސް ކުލަގަދަކޮށް ފާހަގަ ނުކުރެވުނު ނަމަވެސް 2019 ވަނަ އަހަރު ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ވަނީ ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. އެގޮތުން ބައެއް ހަރަކާތްތައް އެކި އަތޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

ކޮމެންޓް