އިހުތިޖާޖުގެ ތެރެއިން މިހާތަނަށް 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

05 Mar 2021 | 18:12

މަގޭ ފުލެޓުކޮބާގެ ނަމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރިއަށްގެންދާ ސުލްޙަވެރި އިހުތިޖާޖުގެ ތެރެއިން ގިނަ ޢަދަދެއްގެ ބައިވެރިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ކުރިއަށް ގެންދާ އިހުތިޖާޖުގެ ތެރެއިން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް 17 މީހަކު ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިން ހިމެނެއެވެ.

އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހުގެ ހަވީރު "މަގޭ ފުލެޓު ކޮބާ؟" ގެ ނަމުގައި ބާއްވާ އިހުތިޖާޖް މިއަދު ފަށައިފައިވަނީ މަޖީދީ މަގުންނެވެ.

މި އިހުތިޖާޖު ބޭއްވުމަށް އިދިކޮޅުން ނިންމާފައިވަނީ އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ އަދަދަކަށް މީހުން އާންމު ތަންތަނަށް އެއްވެ ނޫޅެވޭނެކަމަށް އެޗްޕީއޭއިން ކަނޑައަޅާފައި ވަނިކޮށެވެ.

ބޯހިޔާވަހިކަމުގެ ޙައްޤުން މަޙްރޫމުވެފައިވާ އެންމެން މި އިހުތިޖާޖުގައި ބައިވެރިވުމަށް އިދިކޮޅުން ވަނީ އެދިފައިވާއިރު، މިއަދުގެ އިހުތިޖާޖުގައި ބައިވެރިވާ ފަރާތްތައް ހުއްޓުވުމަށް ގިނަ ޢަދަދެއްގެ ފުލުހުން ދަނީ މަގުމަތީގައި ޙަރަކާތްތެރިވަމުންނެވެ.

Advertisement

ކޮމެންޓް