މަހާ ޖައްރާފާއެކު މުޅި ދުވާފަރު ހެއްވާލައިފި

06 Mar 2021 | 14:58

ރ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކޮންނަ ބޯޓު، މަހާޖައްރާފު އެރަށުގައި ވަނީ ބަނދަރުކޮށްފައެވެ.

ދުވާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ.

ދުވާފަރަކީ ބިމުގެ ދަތިކަން ވަރަށް ބޮޑު ރަށެކެވެ. މި މައްސަލައަށް ޙައްލެއް ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ.

ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާތީ ދުވާފަރު ރައްޔިތުން ވަނީ އެކަން ފާހަގަކުރުމަށް ކުލަ ގަދަ ހަރަކާތްތަކެއް ބާއްވައިފައެވެ. 

Advertisement

ކޮމެންޓް

Advertisement