މަސްޖިދުއްނަބަވީގައި 40 އަހަރު މަސައްކަތްކުރި މީހަކު ވަޒީފާއިން ވަކިކޮށްފި

07 Mar 2021 | 21:03

މަދީނާ، ސައުދީއަރަބިޔާ:

މަދީނާގައި ހުންނަ މަސްޖިދުއްނަބަވީގައި 40 އަހަރުވަންދެން މަސައްކަތްކުރި އުމުރުން ދުވަސްވީ މީހަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ވަޒީފާއިން ވަކި ކުރި މީހާގެ އުމުރަކީ 80އެވެ. އޭނާ މަސައްކަތުން ވަކިކޮށްފައިވަނީ އުމުރުން ދުވަސްވުމުގެ ސަބަބުންނެވެ.

މުޤްތަދާ ނަމަކަށް ކިޔާ އެ ފިރިހެންމީހާ ވަޒީފާއިން ވަކި ކުރުމާއެކު އެތަައް ބަޔަކު ދަނީ އޭނާގެ ދިފާޢުގައި ވަކާލާތު ކުރަމުންނެވެ. އެގޮތުން އޭނާ އެހާގިނަ ދުވަސްވަންދެން ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އުމުރު ދުވަހު އިނާޔަތް ދިނުމަށް ބައެއް މީހުން ގޮވާލާފައިވެއެވެ.

މުޤްތަދާވެސް ހުރީ އެހާ ގިނަ ދުވަސްވަންދެން މަސްޖިދުއްނަބަވީއަށް ކޮށްދެމުން އައި ޚިދުމަތާ ދުރަށްދާން ޖެހޭތީ ދެރަވެފައެވެ. އޭނާ ބުނިގޮތުގައި ވަޒީފާއިން ވަކި ކުރި ޚަބަރު އެހީ ވަރަށް ހިތާމައާއި އެކީގައެވެ. 

Advertisement

ކޮމެންޓް