ކޭޓް މެގަން ރޮއްވާލި ކަމަށް މެގަން ބުނެފި

09 Mar 2021 | 14:17

ޕްރިންސް ހެރީއާއި މެގަން މާކެލް އިނގެރޭސި ޝާހީ ޢާއިލާގެ ޒިންމާތަކާ ދުރުވެ، ވަކި ދިރިއުޅުމެއް ފެށި ފަހުން، އާދިއްތަ ދުވަހު މީޑިއާއަށް ދެމީހުން އެއްކޮށް ދިން ފުރަތަމަ އިންޓަރވިޔުގައި ޝާހީ ޢާއިލާ "ބަދުނާމު"ވާ ފަދަ ވާހަކަތަކެއް ހިއްސާކޮށްފައިވެއެވެ. މި އިންޓަރވިއު ނެގީ އޮޕްރާ ވިންފްރީއެވެ.

އޮޕްރާއަކީ އެތައް ބަޔަކާ އިންޓަރވިއުކޮށް، އެމީހުންގެ އަނގައިން ކިތަންމެ ވާހަކައެއް ބުނުވާފައިވާ މޮޅު މީހެކެވެ.

މެގަންއާއި ހެރީގެ އިންޓަރވިއުގައި އޮޕްރާއާއި ހިއްސާކުރި ވާހަކަތަކަށްބަލާއިރު، ޝާހީ އާއިލާގެ "ސިސްޓަމް"ގެ ތެރޭގައި ޕްރިންސް ޗާލްސްއާއި، ޕްރިންސް ވިލިއަމް ތާށިވެފައިވާ ކަމަށް ޕްރިންސް ހެރީ ވަނީ ވިދާޅުވެފައެވެ. އަދި މެގަންއާއި ހެރީގެ ދަރިކަލުން އާޗީގެ ހަމުގެ ކުލަ ކަޅުވެދާނެތީ، ޝާހީ ޢާއިލާއިން އެކަމާ ކަންބޮޑުވެގެން، އެދެމީހުންނަށް ލިބޭ ދަރިފުޅު ކިހާ ކަޅުވެދާނެތޯ ސުވާލު އުފެއްދި ކަމަށްވެސް ހާމަކުރިއެވެ.

މެގަންގެ ވާހަކައިގައި އެންމެ ފާހަގަކުރެވުނު އެއްކަމަކީ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓްމިޑްލްޓަންއާއި ގުޅޭގޮތުން ދެއްކެވި ވާހަކައެވެ. އެގޮތުން މެގަން ކައިވެނި ކުރަން އުޅުނުއިރު ފްލާވާ ގާލްސް ލާނެ ހެދުމަކާ ގުޅޭގޮތުން ހިނގި ދެބަސްވުމެއްގައި ކޭޓް ބުނި އެއްޗަކުން ރޮވުނު ކަމަށާއި، އެކަމުން ވަަރަށް އަސަރު ކުރި ކަމަށް މެގަން ބުންޏެވެ.

ނަމަވެސް ފަހުން ކޭޓް އެކަމަށް މަޢާފަށް އެދި، ނޯޓަކާއި މާބޮނޑިއެއްވެސް ފޮނުވިކަން މެގަން ފާހަގަކުރިއެވެ.

Advertisement

ކޮމެންޓް