ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި

09 Mar 2021 | 14:49

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމަށް ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން، އެ ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އިއްޔެ އޮތް ރަސްމިއްޔާތެއްގައި މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާއި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދެވެ.

ސަރުކާރުގެ ބަޖެޓުން 72،190،246.91 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު 239 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވަނީ އެލިޔާ ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. އެކުންފުންޏަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.

މި މަޝްރޫޢުގެ ދަށުން އެ ހޮސްޕިޓަލްގައި 10 އެނދުގެ ހުރިހާ ވަސީލަތްތައް ހަމަވެފައވާ އިމަރޖެންސީ ރޫމްއަކާ، 2 އޮޕަރޭޝަން ތިއޭޓަރާއި، ލެބޯޓްރީއަކާއި، އަމިއްލަ ކޮޓަރިތަކާ، ރޭޑިއޮލަޖީ ޑިޕާޓްމަންޓް، ސީއެސްއެސްޑީ އަދި 150 ކިލޯ ވޯޓުގެ ސޯލާ ގާއިމްކުރެވިގެންދާނެއެވެ.

Advertisement

ކޮމެންޓް