މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް އިތުރު ބިމެއް ހިއްކުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ: އަސްލަމް

10 Mar 2021 | 13:29

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް އިތުރު ބިމެއް ހިއްކުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މާލޭގެ ރައްޔިތުން ގޯތީގެ ވާހަަކަ އަޑުއަހަން ބޭނުންވާ ކަމަށާއި، އެކަމަށް ސަރުކާރުގެ ޕްލޭނަކީ ކޮބައިކަން ރައްޔިތުން އެނގެން ބޭނުންވާ ކަަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"އަޅުގަނޑަކަށް ނޭނގެ އަޅުގަނޑުކަމެއް މިކަން އިޢުލާން ކުރަންޖެހޭނީ. އަޅުގަނޑަށް އިނގޭ ވިސްނުމެއް އެބައޮތްކަން އިތުރު ބިމެއްގެ ވިސްނުމެއް. މިކަން އިޢުލާނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަދި އެމަޝްރޫޢު އިޢުލާން ނުކުރައްވަނީ ބޭނުންވާ ބާރުމިނުގައި އަދިއެކަން ކުރިއަށްނުދާތީ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް