އަށާރަ އަހަރު ނުފުރޭ ދެކުއްޖަކު ބަލިވެ އިން މައްސަލައެއް ފެންމަތިވެއްޖެ

11 Mar 2021 | 06:44

އަށާރަ އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުދިން ބަލިވެ އިން މައްސަލައެއް ފުލުހުން ތަޙުޤީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ސެންޓުރަލް ޕޮލިސް ދ.ފ.މ ގައި ހިމެނޭ ރަށެއްގައި 18 އަހަރު ނުފުރޭ ދެކުއްޖަކު ބަލިވެ އިން ދެމައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ ފުރަތަމަ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެއިދާރާއަށް ހުށަހަޅާފައިވާ ދެވަނަ މައްސަލަ ހުށަހަޅާފައިވަނީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުގައެވެ. ފުލުހުން ބުނީ، އެމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 18 ވަނަ ދުވަހު 22 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެދެމައްސަލަ ވެސް މިހާރު ތަޙުޤީގު ކުރަމުން އަންނަ ކަމަށެވެ.

Advertisement

ކޮމެންޓް