Advertisement

ރައީސް ޔާމީނަށްދޭ އަނިޔާގެ ފަހަތުގައިވަނީ ކޯލިޝަންގެ ބައިވެރީން: ސައީދު

11 Mar 2021 | 17:01

ރައީސް ޔާމީން ޢަބްދުދުލްޤައްޔޫމަށްދޭ އަނިޔާގެ ފަހަތުގައި ވަނީ ސަރުކާރު ކޯލިޝަނުގެ ބައިވެރީން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގައި ބައިވެރިކަމުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު ޒިޔަތު ގޭގައި ހުންނަވަނީ، ޑޮކްޓަރުން ލިޔުން ދިނުމުން ކަަމަށާއި، ރައީސް ޔާމީނަށްވެސް އެ ފުރުޞަތު އެބައޮތް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިއްޔެ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން، ޕީއެންސީގެ ނައިބުރައީސް، އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވީ ރައީސް ޞާލިޙު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.

"ޤާނޫނުގެ ފޮޅުވަތަކުން އަކުރުތައް ވަކިވެފައިވީނަމަވެސް، ޤާނޫނު އަސާސީއާއި މުޅި ދައުލަތްވަނީ ހޮސްޓޭޖް ހާލަތެއްގައި" ސަޢީދު ވިދާޅުވިއެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން 5 އަހަރަށް ޖަލަށްލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އެޙުކުމަށް މިދިޔަ ޖެނުއަރީމަހުގެ 21 ވަނަ ދުވަހު ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ. 

Advertisement

ކޮމެންޓް