މިއީ އައްޑޫ ރައްޔިތުން ރައީސް ނަޝީދަށް ބޮޑުކޮށް ނޫނެކޭ ބުނަންވީ ފަހަރު: މަލީޙު

13 Mar 2021 | 11:05

މިއީ އައްޑޫ ރައްޔިތުން ރައީސް ނަޝީދަށް ބޮޑުތަކުން ނޫނެކޭ ބުނަންވީ ފަހަރު ކަމަށް ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީޙު މިފަދައިން ޓްވިޓު ކުރައްވަމުން ވިދާޅުވީ، އައްޑޫ އިން މިފަހަރު އެމްޑީޕީ އަށް ނޫނެކޭ ބުނަން ޖެހެނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އަށް ދިން ދޯކާގެ ބަދަލެއްގެ ގޮތުން ކަމަށެވެ. އެގޮތުން އަސްލަމަށް މަޖިލީހުގެ ރައީސްކަން ނުދިންތާ ނައިބު ރައީސްކަން ވެސް އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ނުދިން ކަމަށް މަލީޙުގެ ޓްވީޓުގައި ފާހަގަކޮށްފައިވެއެވެ.

މަލީޙު ވިދާޅުވީ، އަސްލަމް އަކީ މަދު ޤާބިލު މެންބަރުންގެ ތެރޭގައި ހިމެނޭ ފަޚުރުވެރި އައްޑޫ ދަރިއެއް ކަމަށެވެ.

އަދި އައްޑޫ ރައްޔިތުން ސާބިތު ކަމާއެކު ނިކުމެ ރައީސް ނަޝީދުގެ 17 އަހަރުވީ އޮޅުވާލުމާ މަކަރަށް ބޮޑުކޮށް، ފަލަކޮށް، ފުންކޮށް ނޫނެކޭ ބުނަންވީ ވަގުތު ކަމަށްވެސް މަލީޙު ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކެމްޕެއިން ޖަލްސާތަކުގައި މަލީޙު ބައިވެރިވެ ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު ދާދި ފަހުން ސައިންސް އެންޑު ޓެކްނޮލޮޖީގެ މަޤާމުގައި ހުންނަވަނިކޮށް މަލީޙުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ނަގައި މަޤާމުން ވަނީ ދުރުކޮށްފައެވެ.

Advertisement

ކޮމެންޓް