ތިންވަނަ ރާޅާއެކު އިޓަލީ އަނެއްކާވެސް ފުރަބަންދަށް ތައްޔާރު

13 Mar 2021 | 18:04

މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19ގެ ހާލަތު ގޯސްވެ، އިޓަލީ ފުރަބަންދަކަށް ތައްޔާރުވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޓަލީއަށް ވަނީ ކޯވިޑްގެ ތިންވަނަ ރާޅެއް ކުރިމަތިވެފައެވެ. އިޓަލީ އަކީ ކޯވިޑާ ގުޅިގެން މުޅި ޤައުމު އެއްކޮށް ފުރަަބަންދު ކުރި އެންމެ ފުރަތަމަ ޤައުމުވެސް މެއެވެ. ކޯވިޑްގެ ހާލަތު ގޯސްވެގެން އިޓަލީ ނޭޝަނަލް ލޮކްޑައުންއަކަށް ގޮސްފައިވަނީ މީގެ އެއްއަހަރު ކުރީންނެވެ.

އިޓަލީގެ ސަރުކާރުން ބުނީ ކުރިޔަށް އޮތް އީސްޓަރ ވީކެންޑާ ދިމާކޮށް އެގައުމު އެއްކޮށް ފުރަބަންދު ކުރުމަށް ނިންމާފައިވާކަމަށެވެ. މިއީ އީސްޓަރ އާ ދިމާކޮށް އިޓަލީ ފުރަބަންދު ކުރާނެ ދެ ވަނަ ފަހަރެވެ.

ފާއިތުވި 13 މަސް ދުވަހުގެ ތެރޭގައި އިޓަލީގައި ކޯވިޑް ޖެހިގެން ލައްކައެއްހާ މީހުން ވަނީ މަރުވެފައެވެ. އެޤައުމަކީ ހަތް ވަނަ އަށް އެންމެ ގިނަ މީހުން ކޯވިޑް ޖެހިގެން މަރުވި ޤައުމެވެ.

ކޯވިޑްގެ ހާލަތުން އަރައިގަތުމަޑް އިޓަލީގައި ވެކްސިން ދިނުމުގެ ކަންކަން ހަރުދަނާ ކުރަމުން އަންނައިރު، މިހާރު ދުވާލަކު ގާތްގަނޑަކަށް 170،000 މީހުންނަށް ވެކްސިން ދެއެވެ. 

Advertisement

ކޮމެންޓް