Advertisement

ޕީއެސްޖީއަށް ފްރެންޗް ލީގްގައި ފަސޭހަ މޮޅެއް

27 Sep 2018 | 06:50

ޕީއެސްޖީއިން ރެއިމްސް 4-1 ކުން ބަލިކޮށް 21 ޕޮއިންޓާއެކު ލީގުގެ 1 ވަނައިގަ ހަމަޖެހިލާއިފިއެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ޕީއެސްޖީއަށް ލަނޑުތައް ޖަހާދީފައިވަނީ ކަވާނީ (2 ގޯލް)، ނޭމަރ، އަދި މޫނިއަރއެވެ. ފްރެންޗް ލީގުގައި 7 މެޗު ކުޅެވުން އިރު ޕީއެސްޖީއާއި އެންމެ ކައިރިން 2 ވަނާގައި އޮތް ލިޔޯންއާއި ދެމެދު 8 ޕޮއިންޓްގެ ތަފާތު އެބައޮތެވެ. 

މި މޮޅާއެކު ޕީއެސްޖީވެފައިވަނީ ފްރެންޗް ލީގްގައި ފުރަތަމަ 7 މެޗުން މޮޅުވި 4 ވަނަ ޓީމަށެވެ.

Advertisement

ކޮމެންޓް