Advertisement

އިންޑިޔާގެ ދެ މަހުޖަނުންގެ ދަރިންގެ ކައިވެނި

11 Dec 2018 | 09:38

އިންޑިޔާގެ އެންމެ މުއްސަނދި މަހުޖަން މުކޭޝް އަމްބާނީ އަންހެން ދަރިފުޅު އީޝާ އަމްބާނީއާ އަނެއް މަހުޖަން އަޖޭ ޕިރަމަލްގެ ފިރިހެންދަރިފުޅު އާނަންދުގެ ކައިވެންޏަށް ވަރުގަދައަކަށް ތައްޔާރުވަމުން އެބަދެއެވެ. މިކައިވެނިކުރެވޭނީ މާދަމާ ( ބުދަ ދުވަހު ) އެވެ.

އިންޑިޔާގެ ރިލެޔަންސް ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ މުކޭޝްއަމްބާނީގެ އަމިއްލަ މުއްސަނދިކަން 47 ބިލިޔަން ޑޮލަރަށް އަރައެވެ. އަޖޭ ޕިރަމަލްގެ މުއްސަނދިކަން 5.4 ބިލިޔަން ޑޮލަރަށް އަރައެވެ.

މި ދެމަހުޖަނުންގެ ދަރިންގެ ކައިވެންޏަށް އިންވައިޓްކޮށްފައިވާ މީހުން ކައިވެނީގެ ހަފްލާއަށް އައުމަށް 100 ފްލައިޓް ޗާޓަރކޮށްފައިވެއެވެ. ( ފޮޓޯގައި އީޝާ އަމްބާނީ، ހިލަރީ ކްލިންޓަން، އީޝާގެ މަންމަ ނީތާ އަމްބާނީ )ހަފްލާއަށް އަންނަ މެހްމާނުންގެތެރޭގައި އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ހިލަރީ ކްލިންޓަންއާއި ކްރިކެޓަރ ސަޗިން ޓެންޑުލްކާ އާއި އިންޑިޔާ ސްޓީލް އިންޑަސްޓްރީގެ ބިލިޔުނަރ ލަކްޝަމީ މިއްތަލްއާއި ލައްކަ ގިނަ ނަން މަޝްހޫރު މީހުން ހިމެނެއެވެ. ކައިވެނީގެ ކުރިން މިހާރުވެސް ހަފްލާގެ ކުލަގަދަ އައިޓަމްތައް ފެށިގެން ހިގަމުންއެބަދެއެވެ.

Advertisement

ކޮމެންޓް