ރޮނާލްޑޯއަށް ގޯލެއް ނުޖެހި ޔުވެންޓަސްއަށް މޮޅެއް

27 Sep 2018 | 06:59

ބޮލޯނީއާއި ދެކޮޅަށް ކުޅެ އަމިއްލަ ދަނޑުގައި ކުޅެ 2-0 އަކުން ޔުވެންޓަސް މޮޅުވެއްޖެއެވެ. ޔުވެންޓަސްއަށް މިމެޗުގައި ލަނޑުތައް ޖަހައިދިނީ ޑިބާލާއާއި ރޮނާލްޑޯ ދިން ބޯޅައަކުން މަޓުއީޑީއެވެ. އެ ކުޅުންތެރިޔަކަށް އެންމެންގެ ލޯ އަމާޒުވެފައިވާ ރޮނާލްޑޯއަށް ސެރީއާގައި 540 މިނެޓްކުޅެ މިހާތަނަށް ޖެހިފައިވަނީ އެންމެ 3 ގޯލެވެ. މިއީ ގޯލް ޖަހާ މެޝިނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ކުޅުންތެރިޔަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް ދަށް އަދަދެއްކަމަށް ރޮނާލްޑޯއަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކުޅުނު 6 މެޗުން މޮޅުވެ 18 ޕޮއިންޓާއެކު ޔުވެންޓަސް ތާވަލުގެ 1 ވަނައިގައި ހަމަޖެހިލާފަ އޮތް އިރު އަންޗެލޯޓީގެ ކޯޗުކަމުގެ ދަށުގައި ކުޅެމުން އަންނަ ޔުވެންޓަސްއާއި އެންމެ ވާދަވެރި ނަޕޯލީ އޮތީ 6 މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ 2 ވަނައިގައެވެ. 

Advertisement

ކޮމެންޓް