Advertisement

މަޖިލީހުގެ މަސައްކަތް ނެތުމުން ޖަލްސާ މެދުކަނޑާލައިފި

17 Mar 2021 | 13:13

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެއްގަޑިއިރުގެ މަސައްކަތަށްފަހު އިތުރު މަސައްކަތެއް ނެތި މަޖިލިސް މެދުކަނޑާލައިފިއެވެ.

މަޖިލީހުގެ އެޖެންޑާގައި މިއަދަށް ތާވަލްކޮށްފައި އޮތީ ތިން މަސައްކަތަށް ވާއިރު އޭގެ ތެރޭގައި ހިމެނެނީ ހެލްތު މިނިސްޓަރ ނަސީމްއާއި ސުވާލު ކުރެއްވުމާއި، ދެ ކޮމިޓީއަކުން ހުށަހަޅާފައިވާ ރިޕޯޓް މަޖިލީހަށް ހުށަހެޅުމެވެ.

މި މަސައްކަތްތައް ނިންމުމަށްފަހު މަޖިލިސް ވޯޓު ގަޑިޔާއި ހަމަޔަށް މެދު ކަނޑާލާފައިވާކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ މަޖިލިސް ޖަލްސާތައް ބާއްވަމުން ގެންދާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ ތަޅުމުގައި މަސައްކަތް ނެތިފައިވަނީ ސަރުކާރުން މަޖިލީހަށް ފޮނުވަންޖެހޭ ބިލްތައް މަޖިލީހަށް ނުފޮނުވައިގެން ކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް