Advertisement

ވ.ފެލިދޫގައި ސްޓެލްކޯއިން ޤާއިމުކުރާ ޒަމާނީ އިންޖީނުގޭގެ ބިންގާ އަޅައިފި

17 Mar 2021 | 16:54

ދިވެހިރާއްޖޭގައި އެކި ކަންކޮޅުތަކުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ފަރާތުން ފޯރުކޮށްދެމުންދާ ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ވ.ފެލިދޫގައި ސްޓެލްކޯއިން ޤާއިމުކުރާ ޒަމާނީ އިންޖީނުގޭގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިއަދު ހެނދުނު ވ.ފެލިދޫގައި އޮތް ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޤްނީ އަދި ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒެވެ.

ސްޓެލްކޯއިން މަޢުލޫމާތުދޭ ގޮތުގައި މި އިންޖީނުގެއަކީ މުޅިން އާ ޒަމާނީ ވަސީލަތްތަކާއެކު، މުސްތަޤުބަލުގައި ފެލިދޫއަށް އަންނާނެ ކުރިއެރުމާއި، ތަރައްޤީއަށް އަދި ދުރު މުސްތަޤުބަލަށް ވިސްނާ، 4 މެގަވޮޓްގެ ކެޕެސީޓީ ޤާއިމު ކުރެވޭ ގޮތަށް އެޅިގެންދާނެ އިންޖީނުގެއެކެވެ.

Advertisement

ކޮމެންޓް