މެގަންއާއިމެދު ނަސްލީ ތަފާތުކުރުން ގެންގުޅުނު މައްސަލައިގައި މިޝޭލްގެ ކަންބޮޑުވުން

17 Mar 2021 | 20:33

އިނގެރޭސި ޝާހީ ޢާއިލާއިން ޕްރިންސް ހެރީގެ އަނިބަކަނބަލުން މެގަން މާކެލްއާއި ދޭތެރޭގައި ނަސްލީ ތަފާތުކުރުންތައް ގެންގުޅުނު ކަމަށް ބުނާ މައްސަލައިގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ ކަންބޮޑުވުންފާޅު ކުރައްވައި، މެގަންއަށްޓަކައި ހަމްދަރުދީ ފާޅުކުރައްވައިފިއެވެ.

އޮޕްރާއަށް ދެއްވި އިންޓަރވިޔުއެއްގައި މެގަން ވަނީ އޭނާއާއި ހެރީގެ ދަރިކަލުން އާޗީއަށް ބަލިވެއިންއިރު، ޝާހީ ޢާއިލާއިން އާޗީގެ ހަމުގެ ކުލަޔާއިމެދު ކަންބޮޑުވުންފާޅު ކުރި ކަމަށް ބުނެފައެވެ.

އޮޕްރާ އިންޓަރވިޔުއާއި ގުޅިގެން މިޝޭލްއާއި ސުވާލު ކުރުމުން އެކަަމަނާ ވިދާޅުވީ ނަސްލީ ތަފާތު ކުރުންތަކުގެ މައްސަލައަކީ ދުނިޔެއަށް އާ މައްސަލައެއް ނޫން ކަަމަށާއި، މެގަންގެ ވާހަކަ އަޑުއިވިވަޑައިގަތުމުން މާބޮޑަށް ހައިރާންވެވަޑައިނުގެންނެވި ކަމަށެވެ.

ޝާހީ ޢާއިލާގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ޙައްލުވެ، މަޢާފު ކުރުމުގެ ރިވެތި ސިފަ އިސްކުރާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިޝެލް ވަނީ ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް