Advertisement

ޖިންސީ ގޯނާގެ މައްސަލަ ބަލައި ޕާޓީގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅު އަޅާނަން: ޕީޕީއެމް

20 Mar 2021 | 11:22

ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓެއްގެ ފަރާތުން ޖިންސީ ގޯނާގެ މައްސަލައެއް އޮތް ނަމަ އެމައްސަލައެއް ބަލައި ޕާޓިގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައި މިވަނީ ޕީޕީއެމް ޓިކެޓުގައި ކައުންސިލް އިންތިޚާބަށް ގދ. ގައްދޫ ކައުންސިލުގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓު މުޙައްމަދު އަޙްމަދުގެ މައްޗަށް ޖިންސީ ކުށުގެ މައްސަލައެއް ފެންމަތިވެފައި ވާތީއެވެ،

އެކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޕީޕީއެމްގެ ފަރާތުން ގދ.ގައްދޫ ކައުންސިލް ކަމަށް ވާދަކުރާ ކެނޑިޑޭޓުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖިންސީ ގޯނާގެ މައްސަލައެއް އެކޯލިޝަންގެ ސަމާލުކަމަށް އައިސްފައިވާތީ، އެމައްސަލައިގެ ޙަޤީޤަތް ހޯދާ އެޕާޓީގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ބަލަންޖެހޭ އެންމެހައި ބެލުންތައް އެޕާޓީގެ ޤާނޫނީ ޓީމުން ބަލަމުންގެންދާނެ ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަކީ އަވަސް މުއްދަތެއްގެ ތެރޭގައި ބެލި ގޮތެއް ނިމެންޖެހޭ މައްސަލަތަކެއްކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އެއްވެސް ފަރާތަކަށް ކުރާ ޖިންސީ ގޯނާއާއި ފުރައްސާރަތަކަކީ، އެއްވެސް އިރެއްގައި އެ ޕާޓީއިން ތަރުހީބު ދީ ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް ވެސް ޕީޕީއެމްއިން ބުނެފައިވެއެވެ. އަދި އެފަދަ މައްސަލަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ޕާޓީއިން ވަނީ ބުނެފައެވެ.

މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ވީ އެންމެ އަވަހަކަށް ފައިސިލާ ކުރަނިވި ނިންމުމެއް ނިންމައިދިނުމަށްވެސް ކަމާ ބެހޭ ފަރާތްތަކަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.

އިދިލޮޅު ކޯލިޝަނުން މިހެން ބުނެަފއިވާއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަނީ ކުށެއްގެ ތުހުމަތުގައި ބަންދުކުރުމަކީ އެމީހަކަށް އިންތިޚާބެއްގައި ވާދަނުކުރެވޭނެ ސަބަބެއް ނޫން ކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement