މާލެ ސިޓީގެ ހުރިހާ ގޮނޑިއެއް ލިބޭނެ، ޝައްކެއް ނެތް- ނަޝީދު

11 Apr 2021 | 00:51

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބިދާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށް އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން ރޭ ލަންކާގައި ދިރިއުޅޭ ދިވެހީންނަށް އަމާޒުކޮށްގެން ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މާލޭގެ އެންމެ ގޮނޑި އެއް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ނުގެއްލޭނެ. މާލޭ ސިޓީގެ މޭޔަރުކަން އަޅުގަނޑުމެން އިންތިޚާބުން ކާމިޔާބު ކުރާނެ" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކައިގައި ކުރީ ސަރުކާރަށް ފާޑުވިދާޅުވެ، އެ ސަރުކާރުން މާލެ ސިޓީ ކައުންސިލް ބިކަ ކޮށްލި ކަމަށްވެސް ވިދާޅުވިއެވެ.

އަންނަ މަހުގެ ދިހަވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވިއްޖެނަމަ މާލެ ސިޓީއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް އެޕާޓީން ވަނީ ވަޢުދުވެފައެެވެ. އޭގެތެރޭގައި ކައުންސިލްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުން ފަދަ މުހިންމު ވަޢުދުތައްވެސް ހިމެނެއެވެ. މާލެ ސިޓީ ކައުންސިލްގައި މިހާރުވެސް އޮތީ އެމްޑީޕީގެ މެޖޯރިޓީއެވެ. 

Advertisement

ކޮމެންޓް