ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓް އަދި ދިރާގު ޓީވީގެ ހިދުމަތް ހއ. ހޯރަފުށި އަދި ހދ. ހަނިމާދޫގައި ތައާރަފްކޮށްފި

12 Dec 2018 | 11:39

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތް ހއ. ހޯރަފުށި އަދި ހދ. ހަނިމާދޫގައި ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

ދިރާގުން ދަނީ ވަރަށް ބާރު މިނުގައި ފައިބަރ ގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ %70 އަށް މިހާރު ވަނީ ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓް ގެ ހިދުމަތް ފޯރުކޮށްދީފައިއެވެ. އޭގެތެރޭގައި މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 51 ރަށް ހިމެނެއެވެ.

ދިރާގުން ވަނީ މިދިޔަ ނޮވެމްބަރު މަހުފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފައިއެވެ. މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓުގެ ޑިސްކައުންޓެއް ލިބެއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ހއ. ހޯރަފުށި އަދި ހދ. ހަނިމާދޫގައި ގާއިމު ކުރެވުނު ފައިބަރގެ ހިދުމަތް މެދުވެރިކޮށް ދިރާގުޓީވީ ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

ދިރާގުގެ މަގްސަދަކީ ކަސްޓަމަރުންނަށް ލުއިފަސޭހަގޮތްތައް ހޯދައިދިނުން ކަމަށައި އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމުގައި ދިރާގުން މައުލޫމާތު ދެއެވެ.

Advertisement

ކޮމެންޓް