Advertisement

ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

20 Mar 2021 | 16:47

ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ޢިމްރާން ޚާން ކޮވިޑަށް ޕޮޒިޓިވްވެ ގެކޮޅުގައި އެކަހެރިވެ ވަޑައިގެން ހުންނެވިކަން، ޢިމްރާންގެ ނޭޝަނަލް ހެލްތު ސަރވިސަސް ސްޕެޝަލް އެސިސްޓެންޓް ޑރ.ފައިސަލް ސުލްތާން ވަނީ ޓްވިޓަރ މެދުވެރިކޮށް ޔަގީންކޮށްދެއްވާފައެވެ.

ބޮޑުވަޒީރު ޢިމްރާން ޚާން ކޮވިޑަށް ޕޮޒިޓިވްވިއިރު، ޕާކިސްތާނުގައި ކޮވިޑް-19ގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. އެޤައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 615،810 އަށް އަރާފައެވެ. އެޤައުމުން ކޮވިޑްގެ ތިންވަނަ ރާޅެއް ތަހައްްމަލްކުރަމުންދާކަމަށް ޞިއްޙީ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ކޮވިޑް-19އާ ދެކޮޅަށް ޕާކިސްތާނުގައި އަޅާފައިވާ ފިޔަވަޅުތަކުން އެންމެ އެކަށީގެންވާ ނަތީޖާ ނުފެންނަކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. ކޮވިޑް-19 އާއި ދެކޮޅަށް ޕާކިސްތާނުން ޢަމަލުކުރަމުންދާ ގޮތަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ނުވަތަ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިންވެސް ވަނީ މީގެކުރިން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

ޕާކިސްތާނުގައި ދާދިފަހުން ވަނީ ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ދިނުމުގެ ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕެއިންގައި ބޭނުންކުރަމުންދަނީ ޗައިނާއިން ހަދިޔާކުރި ސިނޯފާމް ވެކްސިނެވެ.

Advertisement

ކޮމެންޓް