ޓެންޒޭނިޔާގެ ރައީސް ކަމަށް އަންހެނެއް!

20 Mar 2021 | 16:44

ޓެންޒޭނިޔާގެ ރައީސްކަމުގެ ހުވާ އެޤައުމުގެ ނައިބު ނައިބު ރައީސާ ސާމިޔާ ސުލުހޫ ހަސަން ކުރައްވައިފިއެވެ.

އެކަމަނާ ރައީސްކަމުގެ ހުވާ ކުރެއްވީ، ރައީސް ޖޯން އަވަހާރަވުމާއި ގުޅިގެންނެވެ.

ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާތަބުކުރައްވައި ދެއްވި ތަޤުރީރުގައި އެކަމަނާ ވިދާޅުވީ މިއީ ޓެންޒޭނިޔާއަށާއި އޭނާއަށްވެސް ހިތާމަވެރި ދުވަހެއްކަމަށެވެ. ކުރިން ނައިބު ރައީސްކަމުގެ މަޤާމާ ހަވާލުވީ ވަރަށް އުފަލުންކަމަށާ އެކަމަކު މިއަދު ޤައުމުގެ އެންމެ މަތީ މަޤާމާ އޭނާ ހަވާލުވަނީ ހިތާމައާއެކުގައި ކަމުގައެވެ.

އުމުރުފުޅުން 61 އަހަރުގެ ސާމިއާއަކީ މަޑުމައިތިރި ހިތްތިރި ބޭފުޅެއްގެ ގޮތުގައި ޓެންޒޭނިޔާގައި މަޝްހޫރު ބޭފުޅެކެވެ. މަޤާމާ ހަވާލުވެވަޑައިގަތުމަށް ސާމިޔާ ފުރަތަމަ ނިންމެވި ނިންމެވުމަކީ މަގުފުލީ އަވަހާރަވުމާ ގުޅިގެން 21 ދުވަހުގެ މުއްދަތަށް، ޤައުމީ ހިތާމަ އިޢުލާން ކޮށްފައިވާ ކުރުން ރަސްމީ ކުރުމެވެ.

ޓެންޒޭނިޔާގެ އިދިކޮޅު ފަރާތްތަކުން ދިޔައީ މަގުފުލީ އިންޑިއާގައި ނުވަތަ ކެންޔާގައި ކޮވިޑް-19 އަށް ފަރުވާހޯއްދަވަމުން ގެންދަވާ ކަމަށް ބުނަމުންނެވެ. މަގުފުލީ އަވަހާރަވީ ހިތްޕުޅުގެ އާލާސްކަފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށްކަމަށް ސަރުކާރުން ބުނި ނަމަވެސް އިދިކޮޅު ފަރާތްތަކުން ޝައްކުކުރާގޮތުގައި އޭނާ އަވަހާރަވީ ކޮވިޑް-19 ޖެހިގެންނެވެ.

Advertisement

ކޮމެންޓް